އޭސީސީގެ މުވައްޒަފުންނަށް “ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް” ހިންގުމާ ގުޅޭގޮތުން އޭސީސީ އާއި ސިފައިންގެ ވެލްފެއަރ ކުންފުންޏާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

29 May 2016

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން، އޭސީސީގެ މުވައްޒަފުންނަށް “ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް”26 މޭ 2016 ން 28 މޭ 2016ށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމް ހިންގުމާއި ގުޅޭގޮތުން 25 މޭ 2016 ގައި ވަނީ އޭސީސީ އާއި ސިފައިންގެ ވެލްފެއަރ ކުންފުންޏާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެވިފައެވެ. މިއެމްއޯޔޫގައި ކޮމިޝަނުގެ ފަރާތުން ސޮއެ ކުރެއްވީ ކޮމިޝަނުގެ ރައީސް އަލްފާޞިލް ޙަސަން ލުތުފީ އަދި އެމް.އެން.ޑީ.އެފްގެ ފަރާތުން ސޮއެ ކުރެއްވީ ސީވެކްގެ ޗެއާރމަން ބުރިގޭޑިއާ ޖެނެރަލް އަލީ ޒުހޭރު އެވެ.އެމްއޯޔޫ ސޮއެކުރުމުގެ ރަސްމިއްޔާތު ބޭވުނީ އޭސީސީގެ ކޮންފަރަންސް ހޯލްގައެވެ.
“ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް” އަކީ ކޮމިޝަނުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށާއި، ލީޑަރޝިޕް ސްކިލްސް އާއި ޓީމްވޯކް ކުރިއަރުވައި ޤައުމީ ރޫޙު އާލާކުރުމަށް އެމްއެންޑީއެފް ގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމެކެއެވެ. މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ކ.ގިރިފުށީގައެވެ. މި ޕްރޮގްރާމުގައި 42 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށާއި މި ޕްރޮގްރާމް ރަސްމީ ގޮތުން ފަށާފައިވަނީ 26 މޭ 2016 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 15:15 ގައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×