އިޓަލީގެ ރޯމްގައި ކުރިއަށްގެންދާ ސްޕީކަރ އައިޑެންޓިފިކޭޝަން އިންޓެގްރޭޓެޑް ޕްރޮޖެކްޓް (އެސް.އައި.އައި.ޕީ) އިވެންޓްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި އިވެންޓުގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އެވެ.
01 ޖޫން 2016 ގައި ކުރިއަށް ގެންދާ މި އިވެންޓުގެ މައިގަނޑު މަޤުޞަދަކީ އެސް.އައި.އައި.ޕީ ސިސްޓަމް ކުރިއަށްދާނެގޮތުގެ ތަފްސީލީ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އަދި އެކިއެކި ޤައުމުތަކަށް ދިމާވާ މައްސަލަތަކާއި މަސައްކަތް ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކުރުމާއި، އެއް ޤައުމުން އަނެއް އެއްބާރުލުން ދިނުމާއި، އެފަދަ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމެވެ.