ސިންގަޕޫރުގެ އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ ކޯހުގައި އޭސީސީން ބައިވެރިވެއްޖެ

27 Jun 2016

ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓަސް ޓެކްނިކަލް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ “ސިންގަޕޫރުގެ އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީސް” ކޯހުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރި ވެއްޖެއެވެ. 27 ޖޫން 2016 އިން 01 ޖުލައި 2016 އަށް ސިންގަޕޫރުގައި ކުރިއަށްދާ މި ކޯހުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރ ޞަފްވަތު މުޙައްމަދު އެވެ.
މި ކޯހުގައި، ކޮރަޕްޝަން ހުއްޓުވުމުގައި ސިންގަޕޫރުގެ ސަރުކާރުގެ ވިސްނުން ގެންގުޅުނު ގޮތުގެ މަޢުލޫމާތާއި، ކޮރަޕްޝަން ހުއްޓުވުމަށް އެ ޤައުމުން ޢަމަލުކުރަމުން އަންނަ ސިޔާސަތުތަކުގެ މަޢުލޫމާތު ދެއްވާނެއެވެ. މީގެއިތުރުން، ކޮރަޕްޝަން ހުއްޓުވުމަށް އެޤައުމުން އެކަށައަޅާފައިވާ އޮނިގަނޑާއި، އެކަންކަން ތަންފީޒުކުރުމުގައި ގެންގުޅޭ އުޞޫލުތަކުގެ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި، ސިންގަޕޫރުގެ ސަރުކާރުގެ މުއައްސަސާތައް އޮޑިޓްކުރުމުގައި ގެންގުޅޭ އުޞޫލުތަކުގެ މަޢުލޫމާތާއި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ދައުލަތުގެ މުވައްޒަފުނާއި އާންމު ރައްޔިތުންނަށް އަމާޒުކޮށް ކުރިއަށްގެންދާ ކަންކަމުގެ މަޢުލޫމާތު މި ކޯހުގައި ފޯރުކޮށްދޭނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×