ދުނިޔޭގެ އެންޓި-ކޮރަޕްޝަން އެޖެންސީތަކާގުޅޭ ދިރާސާގައި އޭސީސީން ބައިވެރިވަނީ

09 Aug 2016

 

ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ އިސްނެގުމުގެ މަތިން، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ އެންޓި-ކޮރަޕްޝަން އެޖެންސީތަކަށް އަމާޒުކޮށްގެން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ރަސްމީ އިދާރާތަކުގެ ޙާލަތު ވަޒަންކުރުމަށްޓަކައި ހިންގާ ޕްރޮޖެކްޓުގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑްވްސްއިން ހިންގާ އެންޓި-ކޮރަޕްޝަން އެޖެންސީތަކުގެ ޙާލަތު ވަޒަން ކުރުމާބެހޭ ދިރާސާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވުމަށް ނިންމައިފިއެވެ. މި ދިރާސާގެ މަޤްޞަދަކީ ޤައުމުތަކުގެ އެންޓި-ކޮރަޕްޝަން އެޖެންސީތަކުގެ ޕަރފޯމަންސް އިވެލުއޭޓްކޮށް، ދިމާވާ ގޮންޖެހުންތައް ދެނެގަނެ، ދިރާސާގެ ހޯދުންތަކުގެ ޢަލީގައި އެންޓި-ކޮރަޕްޝަން އެޖެންސީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް މުޖުތަމަޢުގެ އިތުބާރުހިފޭ މުއައްސަސާއަކަށް ހެދުމަށް މަސައްކަތް ކުރުމެވެ. މި ދިރާސާއާބެހޭ މަޢުލޫމާތު އެންޓި-ކޮރަޕްޝަން ކޮމިޝަންއާ ޙިއްސާ ކުރުމަށް 08 އޯގަސްޓް 2016 ގައި އޭސީސީގައި ވަނީ ޓީއެމްއާ އޭސީސީ ގުޅިގެން ބައްދަލުވުމެއް ބާއްވާފައެވެ.

ރާއްޖޭގައި މި ދިރާސާ ކުރާނެ މިންގަޑުތަކާއި، ދިރާސާގެ  މަސައްކަތްތައް ކުރިއަށް ރާވާފައިވާގޮތާ، އިތުރު މަޢުލޫމާތު މި ސެޝަންގައި ހިއްސާކޮށް މަޝްވަރާ ކުރެވިފައިވެއެވެ.

20160808_102005


ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×