ނޭޝަނަލް އިންޓެގްރިޓީ ޕްލޭން – އެންއައިޕީ

09 Aug 2016

ނޭޝަނަލް އިންޓެގްރިޓީ ޕްލޭން (އެންއައިޕީ) ގެ މަސައްކަތްތަކުގެ ތެރެއިން  2017ވަނަ އަހަރު ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެންއައިޕީ ރަސްމީކޮށް ލޯންޗްކުރުމާއި، އިންޓެގްރިޓީ އޮފިސަރުން/ކޮމިޓީ އެކުލަވާލުމަށް ބޭނުންވާ އުޞޫލު ތައްޔާރުކުރުމާއި، އެންއައިޕީގައި ބައިވެރިވާ އިދާރާތަކުގެ ޕްރީ-އެސެސްމެންޓް ހެދުމާއި، ކޯރޕަރޭޓް އިންޓެގްރިޓީ ޕްރޮގްރާމް އެކުލަވާލުމާއި، އިންޓެގްރިޓީ ފޮރ ސްކޫލް ސިސްޓަމް ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި، ދައުލަތުގެ އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށް ނަޒާހަތްތެރިކަމުގެ އަސާސީ މިންގަޑުތައް އެކުލަވާލާ ނަޒާހަތްތެރިކަމުގެ ޤައުމީ ސިއްކައިގެ އުޞޫލު އެކުލަވާލުން ހިމެނެއެވެ. އެގޮތުން ކޮމިޝަނުން ދަނީ އެންއައިޕީ ރަސްމީކޮށް ލޯންޗްކުރުމަށް ތައްޔާރުވަމުންނެވެ. އަދި އިންޓެގްރިޓީ އޮފިސަރުން/ކޮމިޓީގެއާއި ނަޒާހަތްތެރިކަމުގެ ޤައުމީ ސިއްކައިގެ އުޞޫލުވަނީ ތައްޔާރުކޮށް ނިމިފައެވެ. އަދި މީގެ އިތުރުން ކޯރޕަރޭޓް އިންޓެގްރިޓީ ޕްރޮގްރާމްގެ ކޮންސެޕްޓް ކަރުދާހުގެ ޑްރާފްޓް ނިމި އެއަށް ޚިޔާލު ހޯދުމަށް ގުޅުންހުރި މުހިންމު އިދާރާތަކަށް ވަނީ ފޮނުވިފައެވެ. ހަމައެއާއެކު މިޕްލޭންގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓެގްރިޓީ ފޮރ ސްކޫލް ސިސްޓަމް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މިހާރުވަނީ އެޑިއުކޭޝަން މިނިސްޓްރީއިން ރިވިއުކުރުމަށް ފޮނުވިފައެވެ. އަދި އެންއައިޕީގައި ބައިވެރިވާ އިދާރާތަކުގެ ޕްރީ-އެސެސްމެންޓްވެސް ވަނީ ހަދައި ނިމިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×