ކޮމިޝަންގެ ތަފާސްހިސާބު އެއްކުރުމާއި ތައްޔާރުކޮށް ޢާއްމުކުރުމަކީ ކޮމިޝަނުން ކޮންމެ މަހަކު އަދި ކޮންމެ ކުއާޓަރަކު ކުރަމުންދާ މަސައްކަތެކެވެ. ކޮމިޝަނުން ތަފާސްހިސާބު އެކުލަވާލާ ޢާއްމުކުރުމުގެ މަޤްޞަދަކީ ކޮރަޕްޝަނާ ގުޅުންހުރި ތަފާސްހިސާބު ނިޒާމީގޮތެއްގައި ބަލަހައްޓާ އެ މަޢުލޫމާތު ހަލުވިކަމާއެކު ޢާންމުންނަށް ފޯރުކޮށްދިނުމެވެ.