ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި އޭސީސީއާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

15 Aug 2016

 

ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ ފަރާތުން ކުރިއަށް ގެންދާ “ސްޓްރެންގތްނިންގ އެންޓި-ކޮރަޕްޝަން އެޖެންސީސް އިން އޭޝިއާ ޕެސިފިކް” އިނީޝިއޭޓިވްގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ދިރާސާއާ ގުޅޭ މަސައްކަތްތަކަށް ފަހިކުރުމުގެ ގޮތުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި އޭސީސީއާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އޭސީސީގެ ފަރާތުން މި އެމް.އޯ.ޔޫގައ ސޮއި ކުރެއްވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުތުފީއެވެ. އަދި ޓީ.އެމްގެ  ފަރާތުން ސޮއި ކުރެއްވީ  ޓީ.އެމް ބޯޑުގެ ޗެއަރޕަރސަން އަލްއުސްތާޛު ޙުސައިން ސިރާޖެވެ.

މި ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނައިބްރައީސް މުއައްވިޒް ރަޝީދާއި ޓީ.އެމް ގެ ބޯޑުގެ ޗެއަރޕާސަން ޙުސައިން ސިރާޖް ވާހަކަ ފުޅު ދެއްކެވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×