އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް)ގެ ލޯނުގެ އެހީގައި ހިންގާ ޕްރޮޖެކްޓްތަކަށް ދިވެހި ދައުލަތުން ފައިސާ ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެކަމަކަށް ހިނގާ ޖުމްލަ ޚަރަދުގެ ވަކި ޕަސެންޓަކަށްވާ ފައިސާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ދައްކާގޮތަށްނަމަވެސް ބައެއް ބިލްތަކަށް އެމިނިސްޓްރީއިން ފުލް ޕޭމެންޓް ދައްކާފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ އެމިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤް ކުރުމަށްފަހު ނިންމި ގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރި ކުރުމުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އިފާޑްގެ ލޯނުގެ އެހީގައި ހިންގާ ޕްރޮޖެކްޓްތަކަށް ދިވެހި ދައުލަތުން ފައިސާ ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެކަމަކަށް ހިނގާ ޖުމްލަ ޚަރަދުގެ ވަކި ޕަސެންޓަކަށްވާ ފައިސާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ދައްކާގޮތަށް ނަމަވެސް ބައެއް ބިލްތަކަށް އެމިނިސްޓްރީއިން ފުލް ޕޭމެންޓް ދައްކާފައިވާކަމަށާއި، އެގޮތުން 3 މަސް މާރުކޭޓަކަށް 2009 ވަނަ އަހަރު އަދި 2010 ވަނަ އަހަރު އިފާޑްގެ ލޯނުގެ ފައިސާއިން ދައްކަންޖެހޭ ޖުމްލަ -/2,826,652 (ދެމިލިއަން އަށްސަތޭކަ ސައްބީސްހާސް ހަސަތޭކަ ފަންސާސް ދޭއް) ރުފިޔާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ބަޖެޓުން ދައްކާފައިވާކަން ފާހަގަކުރެވިފައިވާއިރު،
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން މަޢުލޫމާތު ދިން ގޮތުގައި މިގޮތަށް ފުލް ޕޭމެންޓް އެމިނިސްޓްރީއިން ދައްކާފައިވަނީ އިފާޑްގެ ލޯނުގެ ތެރެއިން ފަހުން އެފައިސާ ރީއިންބަރސްކުރާގޮތަށެވެ. މި ފައިސާ 19 ޖޫން 2014 ގައި އިފާޑްގެ ލޯނު އެހީއިން ރީއިންބަރސްކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގޭތީ، މިކަމުގައި، ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ވަނީ ނިންމާފައެވެ.