ގުޅިގެން މަސައްކަތްކުރުން

20 Oct 2016

 

ޒިމްބާބުވޭގެ ލޯކަލް ކައުންސިލަށް އިންތިޚާބުވި ރޮބަރޓް މައިޑޭ* އެންމެ ހައިރާންވި ކަމަކަށް ފެނުނީ، އެ ގައުމުގެ އިދާރާތަކުގެ ތެރޭގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރެވެ. މައިޑޭ ބުނިގޮތުގައި އޭނާއާއެކު ކައުންސިލްގައި ދެންތިބި އެހެން ކައުންސިލަރުން ދިޔައީ ހައުސިން އޮފިޝަލުންނާ ގުޅިގެން ޢިމާރާތްތައް ގަނެގެން އެޢިމާރާތްތައް ނުހަމަ އަގުތަކުގައި – ބައެއް ފަހަރު ބާޒާރު އަގަށް ވުރެ 10 ގުނަ ބޮޑުކޮށް – ބޯހިޔާވަހިކަން އިންތިހާއަށް ބޭނުންވެފައިވާ ޢާއިލާތަކަށް ވިއްކަމުންނެވެ. އަދި ހައުސިން ވެއިޓިންގ ލިސްޓުގައި ގާތްގަނޑަކަށް 10،000 މީހުން ތިބުމަކީ، ހައުސިން ޔުނިޓުތަކަށް އޮންނަ ޑިމާންޑު ނުހަނު ބޮޑުވެގެންދާ ކަމަކަށްވެއެވެ.

ހައުސިން ބާޒާރުގައި ކޮރަޕްޝަން އޮތްވަރުގެ ކަންބޮޑުވުންތައް މައިޑޭ ޓްރާންސްޕޭރަންސީ ޒިމްބާބުވޭއާ ހިއްސާކުރުމުން، އެކަމާ ގުޅިގެން ސިޓީގެ ގަވަރުނަރަށް ފޮނުވާނެ ސިޓީއެއް ތައްޔާރުކުރުމަށް އެފަރާތުން މައިޑޭއަށް އެހީތެރިކަން ފޯރުކޮށްދިނެވެ. މިސިޓީގެ ސަބަބުން، ގަވަރުނަރު އެތުހުމަތުތަކުގެ ތަޙުޤީޤެއް ފައްޓައި ކައުންސިލަރުންގެ ކުއްލި ބައްދަލުވުމަކަށް ގޮވާލިއެވެ.

 

ގަވަރުނަރުގެ މި އިސްނެގުން ވެގެންދިޔައީ ރައްޔިތުންގެ ބޮޑު ސަޕޯޓެއް ލިބިގެންދިޔަ ކަމަކަށެވެ. ނަތީޖާއެއްގެ ގޮތުން، ކައުންސިލް ބައްދަލުވުންތަކާއި ބަޖެޓް މަޝްވަރާތަކާއި ރެސިޑެންޓް އެސޯސިއޭޝަންތަކުގައި މީހުންގެ ބައިވެރިވުން ދުވަހަކަށްވުރެ ދުވަހެއް ދިޔައީ އިތުރުވަމުންނެވެ. މިޙަރަކާތްތެރިކަން އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށްޓަކައި  ޓްރާންސްޕޭރަންސީ ޒިމްބާބުވޭއިންވަނީ ރައްޔިތުންގެ ކަންބޮޑުވާ ކަންކަމާއި، ޝަކުވާތައް ސީދާ ކައުންސިލަރުންނަށް ހުށަހެޅޭނެ ގޮތް ހަދައިދިނުމުގެ ގޮތުން އާންމު ބައްދަލުވުންތަކެއް އިންތިޒާމުކޮށްދީފައެވެ.

މި ކަންކަމުން ހައުސިން ބާޒާރަށް ހެޔޮ ބަދަލުތަކެއް އައުން އަދި މާއަވަސްކަމުގައިވީނަމަވެސް، ކައުންސިލަރ މައިޑޭގެ ޙަރަކާތްތަކުގެ ސަބަބުން ދެފުށްފެންނަ ގޮތަށް ކަންކަންކުރުމަށް މަގުކޮށިގެން ދިޔައެވެ. “އަހަރެން ހުރީ ގެއެއްގެ ވެރިއަކަށް ވާނެ ކަމުގެ އުންމީދު އެއްކޮށް ދޫކޮށްލައިގެން!  އެއީ އެމީހުން ނުއަގުގަ އެ ނަގާ ފައިސާ ނުދެއްކޭނެކަން އެނގޭތީ” ހައުސިން ވެއިޓިން ލިސްޓްގައި 30 އަހަރަށްވުރެ ގިނަދުވަހު ނަން އޮތް މީހަކު ކިޔައިދިނެވެ. ” ގެތައް ދޫކުރުމުގައި ނިންމާ ނިންމުންތަކުގައި އާއްމުން ބައިވެރިކުރުމުން އަހަރެން ދިރިއުޅޭނެ ތަނެއް ހޯދުމަށް އަހަރެން ކުރި އުންމީދު ވަރަށް ބޮޑަށް އާވެއްޖެ” އެހެން މީހަކު ބުންޏެވެ!

*ނަން ބަދަލުކުރެވިފައި

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ވޯކިން ޓްގެދަރ” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/working_together



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×