ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅިގެން ޚާއްޞަ ސަޕްލިމެންޓެއް ނެރެފި

08 Dec 2016

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ސަޕްލިމެންޓެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރެފިއެވެ. މި ސަޕްލިމެންޓްގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚިޠާބަކާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީގެ ޚިޠާބެއް ހިމަނާފައިވެއެވެ. އަދި އޭސީސީއިން މި އަހަރު ހިންގާފައިވާ މުހިއްމު ޙަރަކާތްތަކާއި ބަލާ ނިންމި މައްސަލަތަކުގެ ތަފާސްހިސާބު ހިމެނެއެވެ.

މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރޭގައި ދުވަހާ ގުޅޭގޮތުން ސަޕްލިމެންޓެއް ނެރުމުގެ އިތުރުން ދީނީ ނަޒަރަކުން ކޮރަޕްޝަނާ ރިޝްވަތުގެ ނުބައިކަމުގެ މައްޗަށް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ހުކުރު ޚުތުބާއެއް ހުށަހެޅުމާއި، ރާއްޖޭގެ ޕަބްލިކްސަރވިސް މީޑިއާއި ދިވެހިބަހުގެ އެކެޑެމީއާ ގުޅިގެން އެންޓި-ކޮރަޕްޝަން ބަހުސެއް ހުށަހެޅުމާއި، ކޮރަޕްޝަންގެ ޢަމަލުތަކާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާތަކުގެ ޕްރޮގްރާމްތަކުގައި މަޢުލޫމާތު ގެނެސްދިނުން ހިމެނެއެވެ. އަދި ނަޒާހަތްތެރި މުޖްތަމަޢަކަށް ރައްޔިތުން ހޭލުންތެރިކުރުމަށް އަމާޒުކޮށްގެން ފޮޓޯ މުބާރާތެއް ބޭއްވުމަށް ވަނީ ހުޅުވާލާފައެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައި އ. ދ. އިން، ކަނޑައަޅުއްވާފައިވަނީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހެވެ.

ސަޕްލިމެންޓް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×