އެންޓި-ކޮރަޕްޝަން ކޮމިޝަންއާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން ކޮމިޝަނުގެ މުވައްޒަފުންނަށް ޕޮޒިޓިވް ތިންކިންގ އަދި ޕޮޒިޓިވް އެޓިޓިއުޑްއާބެހޭ ޓްރެއިނިންގ ޕްރޮގްރާމެއް، 04 ފެބުރުވަރީ 2017 ވީ ހޮނިހިރު ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނަށް ވަނީ ބާއްވާފައެވެ.
ކޮމިޝަންގެ 29 މުވައްޒަފުން ބައިވެރިވި މި ޓްރޭނިންގ ޕްރޮގްރާމުގައި ސްޓްރެސް މެނޭޖްމަންޓާއި ވަޒީފާގެ މާހައުލާއި އެހެނިހެން ކަންކަމުގައި އުޅޭއިރު ހެޔޮގޮތުގައި ވިސްނުން ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކާއި އެމުވައްޒަފުންގެ ކިބައިގައި ރަނގަޅު ސިފަތައް އަށަގަންނުވާނެ ގޮތްތަކާ ބެހޭގޮތުން ކަމާބެހޭ ފަންނީ ތަޖްރިބާކާރަކުވަނީ މަޢުލޫމާތު ދެއްވާފައެވެ.