ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި ކޮމިޝަންގެ ތަޙްޤީޤު ޓީމުތައް އަތޮޅުތެރޭގައި

14 Feb 2017

މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން، އަތޮޅުތަކަށް ދަތުރުކޮށްގެން ތަޙްޤީޤުކޮށް ބަލަންޖެހޭ މައްސަލަތަކެއް ތަޙްޤީޤުކުރުމަށްޓަކައި، 11 ފެބުރުވަރީ 2017 ން ފެށިގެން ކޮމިޝަންގެ 3 ތަޙްޤީޤު ޓީމެއް 4 އަތޮޅަކަށް ކުރާ ދަތުރެއްގައި މިހާރު އެ އަތޮޅުތަކުގައި ޙަރަކާތްތެރިވަމުން އެބަގެންދެއެވެ. މި ޓީމުތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފ.އަތޮޅާއި، އއ.އަތޮޅާއި، އދ.އަތޮޅު އަދި ގއ.އަތޮޅުގައެވެ.

11 ފެބުރުވަރީ 2017 ން ފެށިގެން 03 މާރިޗު 2017 ށް ކުރިއަށް ގެންދާ މިދަތުރުތަކުގައި ކޮމިޝަނުގެ 12 އިންވެސްޓިގޭޓަރުން ބައިވެރިވެއެވެ. އަދި އެ އިންވެސްޓިގޭޓަރުން 04 އަތޮޅުން 67 މައްސަލަ ތަޙްޤީޤުކުރުމަށް ވަނީ ހަމަޖެހިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×