އޭސީސީއަށް ދުވާލަކު 04 މައްސަލަ ހުށަހެޅޭއިރު 3.4 މައްސަލަ ނިންމޭ- ކޮމިޝަންގެ ރައީސް

09 Mar 2017

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރަސްމީ ކޮންމެ ދުވަހަކު އެވްރެޖްކޮށް 4 މައްސަލަ ހުށަހެޅޭއިރު، ދުވާލަކަށް 3.4 މައްސަލަ ނިންމިފައިވާކަމަށް ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވެއްޖެއެވެ. އަދި ދައުލަތުގެ އިދާރާތަކަށް ދުވާލަކަށް 1.4 ރިކަމެންޑޭޝަން ދެވިފައިވާކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. 2016 ވަނަ އަހަރުގެ އަހަރު ރިޕޯޓު ޢާއްމު ކުރުމަށް މިއަދު ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ ބަޖެޓުގެ ތާށިކަމާއި، ވަސީލަތްތަކުގެ ދަތިކަމާއެކުވެސް 2016 ވަނަ އަހަރު ކޮމިޝަނުން ރަނގަޅު ނަތީޖާތަކެއް ހާސިލު ކުރެވިފައވާކަމަށެވެ. ކޮމިޝަންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ހަލުއިކުރުމަށާއި، ރަތްޔިތުންގެ ވިންދާ ގުޅިފައިވާ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށް މިއަހަރު ތެރޭގައި ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ރާވަމުންދާކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އޭސީސީގައި މިއަދު ބޭއްވި ހަފްލާގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިހާތަނަށް ކޮމިޝަނުން ބަލާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑު މައްސަލަ ނިންމާ މި އަންނަ އޭޕްރީލްމަހު އެ މައްސަލައިގެ ރިޕޯޓު ޢާއްމު ކުރުމަށް ކޮމިޝަނުން ދަނީ މަސައްކަތްކުރަމުންކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. 2016 ވަނަ އަހަރު ކޮމިޝަންގެ މަސައްކަތުން ހޯދުނު ހުރިހާ ކާމިޔާބަކީ ކޮމިޝަންގެ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށްވުމާއެކު ކޮމިޝަންގެ މުވައްޒަފުންނަށް ރައީސްގެ ވާހަކަ ފުޅުގައިވަނީ ޝުކުރުއަދާކުރައްވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×