ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އޭ.ސީ.ސީ ގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ދެވަނަ ބުރު ކުރިއަށް ގެންގޮސްފި

15 Mar 2017

ޖިނާއީ އިޖުރާތުގެ ޤާނޫނަށް އޭ.ސީ.ސީގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެއްސި ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބުރު ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމުގެ ދަށުން ޖިނާއީ ކުށްތައް ތަޙްޤީޤު ކުރުމާއި، ޖިނާއީ ކުށްތަކުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާ އުޞޫލުތަކަށް އޭސީސީގެ މުވައްޒަފުންވަނީ އަހުލުވެރިކޮށްފައެވެ. ދެބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިޓްރެއިނިންގގައި ޖުމުލަ 65 މުވައްޒަފަކު ބައިވެރިވިއެވެ. އެގޮތުން ފުރަތަމަ ބުރުގައި 36 މުވައްޒަފުން ބައިވެރިވެފައިވާއިރު، ދެވަނަ ބުރުގައި 29 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޓްރެއިނިންގގެ ފުރަތަމަ ބުރެކޭ އެއްފަދައިން މި ޓްރެއިނިންގ ޕްރޮގްރާމްވެސް ކުރިއަށް ގެންފޮސްފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫ.އެން.ޑީ.ޕީއާ ގުޅިގެން ކުރިއަށް ގެންދިޔަ ޓީ.އޯ.ޓީ ޕްރޮގްރާމްގެ ދަށުން ތަމްރީންކުރެވިފައިވާ އޭ.ސީ.ސީގެ މުވައްޒަފުން ބޭނުންކޮށްގެންނެވެ.
ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ސެޓްފިކެޓް ބައްސަވާދެއްވީ ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުތުފީއާއި، ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު މުއައްވިޒް ރަޝީދެވެ. މި ރަސްމިއްޔާތުގައި ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު މުއައްވިޒް ރަޝީދު ވިދާޅުވީ، މި ޓްރެއިނިންގ ޕްރޮގްރާމްގެ ސަބަބުން މަސައްކަތުގެ މާހައުލުގައި އޭ.ސީ.ސީގެ މުވައްޒަފުންނަށް ގިނަގުނަ ފަސޭހަތަކެއް ވެގެންދާނެކަމަށެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×