ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ދަރިވަރުންނަށް އެޓޭޗްމަންޓް ޕްރޮގްރާމެއް ފަށައިފި

19 Mar 2017

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފްއެސްއެލް)ގެ ދަރިވަރުންނަށް އެޓޭޗްމަންޓް ޕްރޮގްރާމެއް 19 މާރިޗު 2017 ގައި ފަށައިފިއެވެ.

މި ޕްރޮގްރާމްގެ މަޤްސަދަކީ އޭސީސީއިން ތަންފީޒުކުރުމަށް ލާޒިމުކުރާ ޤާނޫނުތަކަށް އަހުލުވެރި ކުރުމާއި، މައްސަލަ އިންވެސްޓިގޭޓް ކުރުމުގައި އޭސީސީއިން ގެންގުޅޭ ހަމަތަކާއި އުޞޫލުތައް އަންގައިދީ، ކޮމިޝަނުގެ މަސައްކަތް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުމެވެ.

އޭސީސީގައި ކުރިއަށްދާ މި ޕްރޮގްރާމްގައި އެފްއެސްއެލްގެ ދަރިވަރުން 4 ދުވަސް ހޭދަކުރުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމްގެ ބައިވެރިން އިންވެސްޓިގޭޝަންގެ މަސައްކަތަށާއި ކޮމިޝަނުގެ މަސައްކަތާގުޅޭ ޤާނޫނުތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތަކެއް އިންތިޒާމް ކުރެވިފައިވެއެވެ. ޢަމަލީ ތަޖުރިބާ ޙާޞިލުކުރުމުގައި މައްސަލަތައް ދިރާސާކުރުމާއި، ތަޙްޤީޤްކުރުމާ ގުޅޭ މަސައްކަތްތައް ފުރިހަމަކުރުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×