ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ދަރިވަރުންނަށް ބޭއްވި އެޓޭޗްމަންޓް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

01 Apr 2017

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފްއެސްއެލް)ގެ ދަރިވަރުންނަށް ހިންގި އެޓޭޗްމަންޓް ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު 30 މާރިޗު 2017 ގައި ބާއްވައިފިއެވެ.

ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދާއި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން ޑރ. ޢަބްދުއްސައްތާތު ޢަބްދުއްރަޙްމާނެވެ. އެ ރަސްމިއްޔާތުގައި އެޓޭޗްމަންޓް ޕްރޮގްރާމް ފުރިހަމަކުރި 18 ދަރިވަރުންނަށް ސެޓްފިކެޓް ދެވިފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދު ވިދާޅުވީ މިއަދުގެ ވަޒީފާގެ ބާޒާރުގައި ވާދަވެރިކަން ބޮޑުކަމުން ހަމައެކަނި ސެޓްފިކެޓެއް ހޯދުމުގެ ނިޔަތުގައި ކިޔަވައިގެން ކާމިޔާބު ލިބެން ނެތްކަމަށެވެ. އެހެންކަމުން މިފަދަ ޕްރޮގްރާމަކުން ލިބޭ ތަޖުރިބާއަކީ ކުރިމަގުގައި ފައިދާކުރަނިވި އެއްޗަކަށް ވާނެކަމުގައެވެ.

ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންގެ ވާހަކަފުޅުގައި މި ޕްރޮގްރާމަށް އޭސީސީއިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ޕްރޮގްރާމް ވިލަރެސް ކުރުމުގައާއި ހިންގުމުގައި ޙަރަކާތްތެރިވި އޭސީސީގެ މުވައްޒިފުންނަށް ޝުކުރު އަދާކުރެއްވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×