އެންޓި-ކޮރަޕްޝަން ކޮމިޝަން ރެކްރިއޭޝަން ކްލަބްގެ 2 ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިފްތިތާޙުކޮށްފި

04 Apr 2017

އެންޓި-ކޮރަޕްޝަން ކޮމިޝަން ރެކްރިއޭޝަން ކްލަބް (އޭސީސީއާރުސީ)ގެ 2 ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު 03 އެޕްރިލް 2017 ވީ ހޯމަދުވަހު އޭސީސީގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި އޭސީސީއާރުސީގެ 2 ވަނަ ދައުރުގެ ހިންގާ ކޮމެޓީ ތަޢާރަފް ކުރުމާއި ޖަމްޢިއްޔާގެ ރެޖިސްޓްރީ، އަލަށް އިންތިހާބުވި ހިންގާ ކޮމިޓީއާ ޙަވާލުކުރުމާއި އަދި މަޤާމުތަކަށް އިންތިހާބުވި ބޭފުޅުން މަޤާމުގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ. މިގޮތުން އޭ.ސީ.ސީ.އާރު.ސީގެ ހިންގާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެންމެހައި ޒިންމާތައް އަދާކުރުންމަތީ ދެމިހުރުމަށް ހިންގާ ކޮމެޓީގެ މެމްބަރުން އިޤްރާރުވެފައިވެއެވެ.

އޭސީސީއާރުސީގެ 2 ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ މެމްބަރުންނަކީ، ރައީސް އަޙްމަދު ޔާމީން އާއި، ނާއިބުރައީސް ޙަސަން މަނިކު އާއި، އެގެޒެކެޓިވް ސެކްރެޓަރީ ޢާރިފް ރަޝީދު އާއި، ފައިނޭންސް ސެކްރެޓަރީ ފާޠިމަތު އަޒްލީނާ ޢަލީ އާއި، އެޑްމިން ސެކްރެޓަރީ ޙައްވާ ސަނާ އާއި، އިވެންޓް ސެކްރެޓަރީ އަޙްމަދު ޝާން މުޙައްމަދު އާއި، ވެލްފެއަރ ސެކްރެޓަރީ މަރްޔަމް ޝާދިޔާ އާއި، އިނޮވޭޝަން ސެކްރެޓަރީ ޔުމްނާ ވަޙީދު އަދި ސްޕޯޓްސް ސެކްރެޓަރީ އިބްރާހީމް ޢަލީ އެވެ.

މި ރަސްމިއްޔާތުގައި، އޭސީސީއާރްސީ ގެ ނިމުނު ދައުރުގެ ރައީސް އާދަމް ޝާމިލްގެ ވާހަކަފުޅުގައި މި ޖަމިއްޔާއަކީ އެކުވެރިކަމާއި އެއްބައިވަތަކަމާއި އަދި އެކުވެގެން މަސައްކަތްކަތްކުރުމުގެ ރޫހު އަދި އޮފީހުގެ މަސައްކަތް ކުރުމުގެ ރޫހު އިތުރު ކުމުގެ މަޤްޞަދުގައި އުފެދިފައިވާ ޖަމިއްޔާއެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ތަފާތު ފިކުރުތަކާއި އެކުވެސް އަޒުމަކަށް ވާންޖެހޭނީ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ.

އޭސީސީއާރްސީ ގެ ދެވަނަ ދައުރު ހިންގާ ކޮމިޓީގެ ރައީސް އަހުމަދު ޔާމިންގެ ވާހަކަފުޅުގައި، އަހަރީ ޕްލޭނެއް ތައްޔާރުކޮށް ޖަމްޢިއްޔާގެ އެންމެހާ ޙަރަކާތްތަކަކީ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނި ބަޖެޓް ހެދިގެން ކުރިއަށް ގެންދެވޭނެ ޙަރާކްތަކެއްކަމުގައި ހަދާނެކަމަށާއި، އަންހެނުން ބާރުވެރިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭނެކަމަށާއި، ކޮމިޝަނުގެ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުމުގެ ގޮތުން ދީނީ ތަފާތު މުބާރާތްތަކުގައި ބައިވެރިވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ގަސްދުކުރައްވާފައި ވާކަމަށާއި، ޖަމްޢިއްޔާގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެކި ދާއިރާތަކަށް އަމާޒުކޮށް ސަބް ކޮމެޓީތަކެއް ހަދާނެ ކަމަށާއި، އެ ކޮމެޓީތަކުގައި އާންމު މެމްބަރުންގެ ބައިވެރިން އޮންނާނެކަމަށް ވިދާޅުވިއެވެ. އަދި ވޭދުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ޖަމްޢިއްޔާ ހިންގުމުގައި ކުރިމަތިވި ދަތިތައް ޙައްލުކުރުމުގެ ގޮތުން ޖަމްޢިއްޔާގެ ހިންގާ ގަވާއިދު އިޞްލާހްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދިއުމަށް ޤަސްދުކުރަށްވާ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދު ދެއްކެވި ވާހަކަފުޅުގައި ހިންގާ ކޮމިޓިގެ މަސައްކަތް އޭސީސީއާރުސީގެ އާންމު މެންބަރުން އުންމީދުކުރާ މިންވަރަށް ކޮށްދެއްވުމަކީ އޭސީސީއާރުސީގެ އާންމު މެންބަރެއްގެ ޙައިސިއްޔަތުން އެދޭކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ކޮމިޓީތަކެއް ހެދިގެން ކޮމިޓީތަކުގައި އާންމުމެންބަރުން ހިމަނާ އެބޭފުޅުންގެ އެއްބާރުލުމާއި އެއްކޮށް ޖަމިއްޔާ ހިންގާ ނިމިގެންދިޔަ ދައުރަށްވުރެ އެކްޓިވް ދައުރެއް ފެނިގެންދާނެކަމަށް އުންމީދު ކުރާކަމަށް ވިދާޅުވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×