ދިވެހިބަހުގެ ދުވަސް އެސީސީގައި ފާހަގަކޮށްފި

15 Apr 2017

ދިވެހިބަހުގެ ދުވަސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މިދުވަހާގުޅޭގޮތުން އޭސީސީގައި ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ މެންބަރު އަލްފާޟިލް މުޙައްމަދު ނަޝީދުއެވެ. ޝަރަފްވެރި މެހްމާނުގެ ވާހަކަފުޅުގައި ދިވެހިބަހުގެ އެކެޑެމީން މިވަގުތު ކުރިއަށް ގެންދަވާ މުހިންމު މަސައްކަތްތަކާ ބެހޭގޮތުންނާއި، ދިވެހިންގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގައި ބަސް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
މިއަދުގެ އެސެމްބްލީގައި ކޮމިޝަންގެ ރައީސް، އަލްފާޟިލް ޙަސަން ލުޠުފީ ވެސް ވާހަކަފުޅު ދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވެސް ދިވެހި ބަހުގެ މުހިއްމުކަމާއި ދިވެހިބަހުގައި ބޭނުންކުރާ އަކުރުތަކުގެ ތާރީޚާއި ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. ދުވަހާއި ގުޅޭގޮތުން ކޮމިޝަންގެ މުވައްޒަފުންގެ ޝުޢޫރު ފާޅުކުރުންވެސް ވެސް މިއަދުގެ އެސެމްބުލީގައި ކުރިޔަށް ދިޔައެވެ. އަދި އެސެމްބްލީގައި 2017 ވަނަ އަހަރުގެ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ދެއްވާ ޚިޠާބު އިއްވެވިއެވެ.
މި އަދުގެ އެސެމްބްލީގައި ކޮމިޝަންގެ ފަރާތުންވަނީ ދިވެހިބަހުގެ އެކެޑެމީން ބޭއްވި އަތު ލިއުމުގެ މުބާރާތުގައި އޭސީސީގެ ފަރާތުން ބައިވެރިވި މުވައްޒަފުންނަށް ހަނދާނީ ލިއުމެއް ދީފައެވެ. މި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން ދިވެހިބަހުގެ އެކެޑެމީގެ މެމްބަރު އަލްފާޟިލް މުޙައްމަދު ނަޝީދެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×