އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އައު އާންމު ގަވާއިދަށް ޢަމަލުކުރަން ފަށައިފި

18 Apr 2017

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2017/R-40) އަށް މިއަދު (18 އެޕްރީލް 2017) ގައި ޢަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދު އަލުން އެކުލަވާލާފައިވަނީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އިން ޖިނާއީ އަދުލުގެ ނިޒާމަށް ގެނެސްފައިވާ ބަދަލުތައް ހިމެނުމުގެ ގޮތުންނާއި ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އަވަސްކުރެވޭނެ އިންތިޒާމުތަކެއް ޤާއިމްކުރުމުގެ ގޮތުންނެވެ.

އެގޮތުން މި ގަވާއިދުގައި ކޮމިޝަނަށް މައްސަލަ ހުށަހަޅާނެގޮތުގެ އުޞޫލުތަކާއި، ތަޙުޤީޤަށް މީހުން ހާޒިރުކުރާނެ އުޞޫލުތަކާއި، ވަކީލެއްގެ ފުރުސަތުދިނުމުގެ އުޞޫލުތައް ހިމަނާފައިވެއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ގޮތުން ކޮމިޝަނުގެ ކަމާގުޅުންހުރި ހުރިހާ މުވައްޒަފުންނަށް ގަވާއިދާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަދު ކޮމިޝަނުގެ ކޮންފަރެންސް ހޯލްގައި ބޭއްވުނެވެ. މި ބައްދަލުވުމުގައި އައު ގަވާއިދުން ތަޢާރަފުކޮށްދޭ ކަންތައްތަކުގެ މަޢުލޫމާތު ބައިވެރިންނަށް ދީފައިވެއެވެ. މި ބައްދަލުވުމުގެ ބައިވެރިންނަށް މަޢުލޫމާތުދީފައިވަނީ ކޮމިޝަންގެ ލީގަލް ޓީމުގެ ފަރާތުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×