“ބިތުފަންގި ބުލެޓިން” ގެ 5 ވަނަ ޢަދަދު ނެރެފި

20 Apr 2017

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުހިންމު މަސައްކަތްތައް ޢާންމުންނަށް ހާސާކުރުމަށާއި، ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި ކޮމިޝަނުން ނެރޭ “ބިތުފަންގި’ ބުލެޓިން ގެ ވޮލިޔުމް 1 ގެ 5 ވަނަ އަދަދު މިއަދު ނެރެފިއެވެ. މިއަދަދު ނެރެފައިވަނީ، ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ބުލެޓިން ގެ މި އަދަދު ނެރެދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބުރައީސް އަލްއުސްތާޛް މުޢައްވިޒު ރަޝީދެވެ.

މި ބުލެޓިންގައި، ކޮމިޝަނުން 2016 ވަނަ އަހަރުގެ ފަހު ކުއާޓާގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ޚުލާޞާއެއް ހިމަނާފައިވެއެވެ. އަދި، މީގެ އިތުރުން، 2016 ވަނައަހަރުގެ ފަހު ކުއާޓާގެ ކޮމިޝަންގެ ތަފާސްހިސާބާއި، އޭސީސީގެ މުހިންމު ޚަބަރުތަކާއި، ނަޒާހަތްތެރި ފަރުދެއްގެ މަޢުލޫމާތު ހިމަނާފައިވެއެވެ. މި ބުލެޓިން ކޮމިޝަންގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުގައިވަނީ ޝާއިޢު ކުރެވިފައެވެ.

“ބިތުފަންގި ބުލެޓިން” ގެ 5 ވަނަ ޢަދަދު ބެއްލެވުމަށް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×