އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުންނާއި މުވައްޒަފުން ހުޅުމާލޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ ގާތަށް ޒިޔާރަތް ކޮށްފިއެވެ. 2017ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށްޓަކައި އޭސީސީ އިން ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި އެނދުމަތި ކޮށްފައިވާ ކޮންމެ ބަލިމީހަކަށް އޭސީސީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާއެއް ދީފައި ވެއެވެ.
މި ޙަރަކާތުގެ މަޤްޞަދަކީ އިޖްތިމާޢީ ކަންކަމުގައި ޙަރަކާތްތެރިވުމާއި މުޖުތަމަޢުގެ ހެވާއި ލާބައަށް އޭސީސީއިން އިސްނަގާ ޙަރަކާތްތެރިވުމެވެ. އަދި މިފަދަ ޙަރަކާތްތަކުގައި ނަމޫނާ މުއައްސަސާއަކަށް އޭސީސީ ވުމެވެ. ބަލި މީހުންނަށް ކުރެވުނު ހަދިޔާއަކީ އޭސީސީގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ކުރެވުނު ހަދިޔާއެކެވެ.
2016 އަހަރީ ރިޕޯޓް
ޕޮޒިޓިވް ތިންކިންގ އަދި ޕޮޒިޓިވް އެޓިޓިއުޑް އާބެހޭ ޓްރޭނިންގ
މަގޭ ވޯޓް – މަގޭ ނަޒާހަތްތެރިކަން” ކެމްޕޭން”