ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ އޭސީސީން ފަހުމުނާމާ އެއްގައި ސޮއިކޮށްފި

08 May 2017

ފެނަކަ ކޯޕަރޭޝަން ލިމިޓޭޑާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާދެމެދުގައި ފަހުމުނާމާ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއެކު ނަޒާހަތްތެރިކަން ކުރިއެރުވުމަށް މިމަހު 10 އިން 11 އަށް ބާއްވާ އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގެ ޓައިޓްލް ސްޕޮންސަރއެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ހަމަޖެހިފައިވާތީ އެކަމާބެހޭ ކަންކަން ކުރިއަށް ގެންދިއުމާބެހޭގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެކު ސޮއިކުރި ފަހުމުނާމާއެކެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު (08 މޭ 2017) ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޝަރީފް އެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×