ޕަބްލިކް ސަރވިސް މީޑިއާ އާއި އޭސީސީއާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފި

08 May 2017

ޕަބްލިކް ސަރވިސް މީޑީއާ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާދެމެދުގައި ފަހުމުނާމާ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ކޮރަޕްޝަން ނައްތާލުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ޕީއެސްއެމްއާއި އޭސީސީ ގުޅިގެން މަސައްކަތް ކުރުމަށާއި، ކޮމިޝަނުން އިންތިޒާމްކޮށްގެން ބާއްވާ މަހާސިންތާތަކާއި، ޖަލްސާތަކާއި ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެކިއެކި ޙަރަކާތްތަކުގައި މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕީއެސްއެމްއިން ޙަރަކާތްތެރިވުމަށް ސޮއިކުރި ފަހުމުނާމާއެކެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު (08 މޭ 2017) ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޚަލީލް އެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×