މަސްއޫލިއްޔަތު އުފުލުމުގައި އަމާނާތްތެރި މީހުން ކަންކަމަށް އިސްކުރުމަށް އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ގޮވާލައްވައިފި

11 May 2017

މަސްއޫލިއްޔަތު އުފުލުމުގައި އަމާނަތްތެރިވުމާ، އަމާނާތްތެރި މީހުން ކަންކަމަށް އިސްކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ މިގޮތަށް ވިދާޅުވީ، “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” އިފްތިތާޙުކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭސީސީއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ގުޅިގެން ކުރިޔަށް ގެންދާ މި މަހާސިންތާއަކީ ކޮރަޕްޝަން ހުއްޓުވުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމާމެދު ދައުލަތުގެ ކަމާގުޅޭ އިދާރާތައް އެއްވެ މަޝްވަރާކުރުމަށް ފުރުސަތު ހޯދުމުގެ ގޮތުން ޤައުމީ ފެންވަރުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަހާސިންތާއެކެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން މަހާސިންތާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޔުނިވަރސިޓީގެ ޗާންސެލަރ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ މުޖުތަމަޢަކީ ނަޒާހަތްތެރި މުޖުތަމަޢަކަށް ހެދުމަށްޓަކައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ތަރުބަވީ، އަދި އިންސާފުވެރި އުޞޫލުތައް ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި، ދައުލަތާ ރައްޔިތުންގެ މުދަލާއި ޢާއްމު މިލްކިއްޔާތަށް ރައްކާތެރިވުމާ ތެދުވެރިވުމަކީ އިސްލާމްދީނުގައި ނުހަނު ބޮޑަށް ބާރު އަޅުއްވާފައިވާކަމެއްކަމަށް ފާހަގަކުރެއްވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×