ކޮރަޕްޝަންގެ ޢަމަލުތަކުން ގެއްލިގެންދާ ފައިސާ އަނބުރާ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އެޓާނީ ޖެނެރަލްގެ އޮފީހުން ކަރުދާސް ހުށަހަޅުއްވައިފި

12 May 2017

ކޮރަޕްޝަން ޢަމަލުތަކުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ ފައިސާއާ މުދާ އަނބުރާ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ، އެކަންކަމަށް ޙައްލު ހޯދުމަށްޓަކައި ޤާނޫނުތަކަށް އިސްލާހު ގެންނަންޖެހޭކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން މިގޮތަށް ވިދާޅުވެފައިވަނީ، “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” ގެ ތެރެއިން 11 މޭ 2017 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގައެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައިގަނޑު މަޤްޞަދަކީ، ކޮރަޕްޝަންގެ ޢަމަލުތަކާ ގުޅިގެން ދައުލަތަށް ގެއްލިގެންދާ ފައިސާއާ މުދާ އަނބުރާ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ކަރުދާހުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، މިހާރު ޢަމަލުކުރަމުންދާ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވޭ އިޞްލާޙެއްގެ ޒަރީއާއިން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤު ރިޕޯޓުތަކުގައި ދައުލަތަށް އަނބުރާ ލިބެންޖެހޭކަމަށް ފާހަގަކޮށްފައިވާ ފައިސާ ކޮރަޕްޝަންގެ ކުށް ސާބިތުވުމުގެ ކުރިން ހޯދިދާނެކަމަށާއި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް މިހާރު ވެސް މައްސަލަތައް ހުށަހަޅަން ތައްޔާރުވަމުން ދާކަމާއި އެކަމުގައި ކުރެވެމުންދާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×