ހޭލުންތެރިކުރުމުގެ ގޮތުން ހިންގުނު ވޯކްޝޮޕް އަދި ތަމްރީން ޕްރޮގްރާމްތައް

25 May 2017

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދައުލަތުގެ މުވައްޒަފުންނާއި ސްކޫލް ދަރިވަރުންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން، 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ ތެރޭގައި، ޖުމްލަ 11 ސެޝަން ހިންގައި އެ ސެޝަންތަކުގައި 258 ފަރާތެއް ތަމްރީނު ކޮށްފިއެވެ. މިއީ 2015 ވަނަ އަހަރުގެ މުއްދަތުގެތެރޭގައި ތަމްރީނު ކުރެވުނު ފަރާތްތަކުގެ ޢަދަދާ އަޅާބަލާއިރު 29.7 އިންސައްތަ އިތުރު ޢަދަދެކެވެ. އެގޮތުން، މާލޭގެ އިދާރާތަކަށް ޚާއްޞަކޮށްގެން 5 ސެޝަން ހިންގައި 146 މުވައްޒަފުން ތަމްރީނު ކޮށްފައިވާއިރު، އަތޮޅުތެރޭގައި 6 ސެޝަން ހިންގައި 112 މުވައްޒަފުން ތަމްރީނު ކޮށްފައިވެއެވެ. މިއީ، ދައުލަތުގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި، ކޮރަޕްޝަންގެ ޢަމަލުތަކާމެދު ހޭލުންތެރިކުރުމަށާއި އަދި ދައުލަތުގެ ޕްރޮކިއުމެންޓާ ގުޅޭ މަޢުލޫމާތު މުވައްޒަފުންނާ ޙިއްޞާކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×