މާލިއްޔަތު ގަވާއިދަށް އޭ.ސީ.ސީ ގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި މުވައްޒަފުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

19 Jul 2017

މި އަހަރު އަލަށް ޢަމަލުކުރަން ފެށި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި މުވައްޒަފުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިޕްރޮގްރާމް ބޭއްވުމުގެ މަޤުޞަދަކީ ޤާނޫނު ނަންބަރު 2006/3 ގެ 49 ވަނަ މާއްދާގެ ދަށުން އަލަށް އެކުލަވާލެވުނު މާލިއްޔަތު ގަވާއިދު އަށް 20 ފެބުރުވަރީ 2017 ގައި ޢަމަލުކުރަންފެށުމާއި ގުޅިގެން، މިގަވާއިދަށް ކޮމިޝަންގެ މުވައްޒަފުންގެ އަހުލުވެރި ކުރުވުމެވެ. މިޓްރެއިނިންގ ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ އޭ.ސީ.ސީގެ މުވައްޒަފުންގެ ތެރެއިން މިދާއިރާއިން ތަޖުރިބާ ލިބިފައިވާ މުވައްޒަފުންތަކެކެވެ.

މިރަސްމިއްޔާތުގައި ސެޓްފިކެޓްތައް ބައްސަވައިދެއްވީ ކޮމިޝަންގެ ރައީސް، އަލްފާޟިލް ޙަސަން ލުޠްފީ އަދި ކޮމިޝަންގެ ނާއިބް ރައީސް، އަލްއުސްތާޛް މުޢައްވިޒް ރަޝީދު އެވެ. ދެ ބުރަކަށް ބަހާލައިގެން އޭސީސީގެ ކަމާބެހޭ ހުރިހާ މުވައްޒަފުންނަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި ޖުމްލަ 70 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ނާއިބް ރައީސް، އަލްއުސްތާޛް މުޢައްވިޒް ރަޝީދު ވިދާޅުވީ ކޮމިޝަންގެ މުވައްޒަފުން މިގަވާއިދަށް ފުރިހަމައަށް ޢަމަލުކުރެއްވުމަށާއި، ކޮމިޝަނުން ތަހުޤީގު ކުރަމުންދާ މައްސަލަތަކުގައިވެސް މިގަވާއިދަށް ފުރިހަމައަށް ރިޢާޔަތްކުރުމަށް ވިދާޅުވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×