އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް އަލަށް ވަޒީފާއަށް ވަންނަ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ހިންގައިފި

20 Jul 2017

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް އަލަށް ވަޒީފާއަށް ވަންނަ މުވައްޒަފުންނަށް “އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު” އާއި ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް ހިންގައިފިއެވެ.

އެއް ގަޑިއިރުގެ މި ސެޝަން ކުރިއަށް ގެންދެވުނީ 18 ޖުލައި 2017 ގައި އައްޑޫ ސިޓީ ހިތަދޫ ކެމްޕަސް 1 ގައެވެ. މިސެޝަނުގައި ޖުމްލަ 27 މުވައްޒަފުން ބައިވެރިވިއެވެ.

މި ޕްރޮގްރާމްގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނާއި، ކޮރަޕްޝަނުގެ ކުށްތައް ކަމުގައި ޤާނޫނީ އުގޫބާތުގައި ބަޔާންކޮށްފައިވާ ކުށްތަކާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީގްތައް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތާއި، ކޮރަޕްޝަން ހުއްޓުވުން ނުވަތަ ވިޔަނުދިނުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މުވައްޒަފުންނަށް މައުލޫމާތު ފޯރުކޮށްދެވުނެވެ.

މިސެޝަން ނަންގަވައި ދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ ޙައްވާ އަފްޒާދާއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×