މީރާގެ ‘ތިކުދިންގެ ހަވީރު’ގައި އޭސީސީއިން ބައިވެރިވެއްޖެ.

19 Aug 2017

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ފަރާތުން ‘ތިކުދިންގެ ހަވީރު’ގެ ނަމުގައި 18 އޮގަސްޓް 2017 ގައި ހުޅުމާލެ ސެންޓްރަލް ޕާރކްގައި ބޭއްވި އާއިލީ ހަވީރުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބައިވެރިވެއްޖެއެވެ.
ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކުން ބައިވެރިވި މި ހަވީރުގައި އޭސީސީއިން ތައްޔާރުކުރި ސްޓޯލްއިން ކުޑަކުދިންނަށް ޚާއްސަ ކުރެވިފައިވާ ތަފާތު ކުޅިވަރު ޙަރަކާތްތައް ކުރިއަށް ގެންދެވިފައިވެއެވެ.
މީގެ އިތުރުން، އޭސީސީގެ ސްޓޯލްއިން ނަޒާހަތްތެރިކަމާ ގުޅުންހުރި މަޢުލޫމާތާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×