ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ސައުތު އޭޝިއާއަށް އަމާޒުކޮށްގެން 18 ޑީސެންބަރު 2017 ން 19 ޑިސެންބަރު 2017 އަށް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްގެންދާ “ރީޖަނަލް އެކްސްޕާރޓް ގްރޫޕް މީޓިންގ ފޯރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ރީޖަނަލް ޕްރޮގްރާމް ފޯރ ސައުތު އޭޝިއާ” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ބައްދަލުވުގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ ސީނިއަރ ރިސާޗް އޮފިސަރ، އަލްފާޟިލާ އިކްލީލާ އިސްމާޢީލްއެވެ.
ފަސް ދާއިރާއެއް ކަނޑައަޅައިގެން ކުރިއަށްގެންދާ މި ބައްދަލުވުމުގެ މައިގަނޑު އެއް އަމާޒަކީ ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު މި ސަރަޙައްދުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި އަދި 2018 އިން 2021 ވަނަ އަހަރާ ހަމައަށް މި ދާއިރާއާ ގުޅޭގޮތުން އެންމެ އިސްކަމެއްދީގެން ކުރެވިދާނެ ކަންތައްތަކާއި އޮޕަރޭޝަންސްތަކަށް ޖަވާބުދާރީވާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މި ބައްދަލުވުގައި އެސީސީގެ އިތުރުން ދައުލަތުގެ އެހެން އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެއެވެ.