ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާގުޅޭ ވާހަކަ ކިޔައިދިނުމުގެ ހަރަކާތެއް ހިންގައިފި

18 Apr 2018

ބ.ތުޅާދޫ ސްކޫލުގެ ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ވާހަކަ ކިޔައިދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިޔަށްގެންގޮސްފައިވަނީ 13 އެޕްރީލް 2018 ވީ ހުކުރު ދުވަހު ބ. ތުޅާދޫ ސްކޫލުގައެވެ.

1 ގަޑިއިރަށް ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމާއި ގުޅޭ، އިބްރަތްތެރި ވާހަކަ ދަރިވަރުންނަށް ކިޔައިދެވުނެވެ.  މި ސެޝަންގައި ޖުމްލަ 80 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ހަރަކާތް ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފެކެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ކައުންސިލްތަކާއި ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުޞަތުގައި ބ.ތުޅާދޫ ސްކޫލުގެ އިސްނެގުމުގެ މަތިން އޭސީސީން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ޕްރޮގްރާމް ހިންގުމަށް ބ.ތުޅާދޫ އަށް ކުރި ދަތުރުގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ތުޅާދޫ ސްކޫލުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×