ބ.ތުޅާދޫ ސްކޫލުގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

18 Apr 2018

ބ.ތުޅާދޫ ސްކޫލުގެ ގްރޭޑް 8، 9 އަދި 10 ގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިޔަށްގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިޔަށްގެންގޮސްފައިވަނީ 11 އޭޕްރިލް 2018 ވީ ބުދަ ދުވަހު ބ.ތުޅާދޫ ސްކޫލުގެ ހޯލްގައެވެ.

3 ގަޑިއިރަށް ކުރިޔަށްގެންދެވުނު މި ޕްރޮގްރާމްގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، ދަރިވަރުންގެ ސުލޫކާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ.  މި ސެޝަންގައި ޖުމްލަ 56 ދަރިވަރުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި 24 ފިރިހެން އަދި 32 އަންހެން ދަރިވަރުން ހިމެނެއެވެ. މި ސެޝަން ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފެކެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ކައުންސިލްތަކާއި ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުޞަތުގައި ބ.ތުޅާދޫ ސްކޫލުގެ އިސްނެގުމުގެ މަތިން އޭސީސީން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.  ޕްރޮގްރާމް ހިންގުމަށް ބ.ތުޅާދޫ އަށް ކުރި ދަތުރުގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ތުޅާދޫ ސްކޫލުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×