ބ.ތުޅާދޫ ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމާއިބެހޭ ގޮތުން އޭސީސީން މަޢުލޫމާތު ދީފި

18 Apr 2018

ބ.ތުޅާދޫ ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމުގެ ސިފަތަކާބެހޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން މަޢުލޫމާތު ދީފިއެވެ. މި އެސެމްބްލީގައި ސްކޫލްގެ ހުރިހާ ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުދައްރިސުން އަދި ސްކޫލްގެ ނާޒިރާއި، ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ.

މި ޙަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ 12 އޭޕްރީލް ވީ ބުރާސްފަތި ދުވަހު ހެނދުނު ސްކޫލްގެ ގޯތިތެރޭގައެވެ.

ނަޒާހަތްތެރިކަމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކުރިޔަށްގެންދެވުނު މި ޙަރަކާތުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، ކޮންމެ ކުއްޖަކީ ނަޒާހަތްތެރި ކުއްޖަކަށްވުން މުހިއްމުވަނީ ކީއްވެގެންކަމާއި، އުނގެނުމުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، އެކަމުގެ މުހިއްމުކަމާއި، އަދި ދަރިވަރުންގެ އުމުރުފުރާ އާއި ގުޅޭ މިސާލުތައް ހިމަނައިގެން ނަޒާހަތްތެރިވުމަށް ޢާއްމު ދިރިއުޅުމުގައި ވިސްނަންވީ ކަންތައްތަކާއި، ކުރެވިދާނޭ ކަންތައްތަކަށް އަލިއަޅުވާލެވުނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ކައުންސިލްތަކާއި ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުޞަތުގައި ބ.ތުޅާދޫ ސްކޫލުގެ އިސްނެގުމުގެ މަތިން އޭސީސީން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×