‘ކިޔަމާ ކިޔަމާ’ ގެ ނަމުގައި އޭސީސީ އިން ކުޑަކުދިންނަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

19 Apr 2018

ިވެހިބަހުގެ ދުވަސް ފާހަގަ ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ހިންގި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދީންނަށް އަމާޒުކޮށްގެން، ނަޒާހަތްތެރިކަމާގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ވާހަކަ ކިޔައިދިނުމުގެ ޕްރޮގްރާމު އޭސީސީ އިން ކުރިޔަށް ގެންގޮސްފިއެވެ. ‘ކިޔަމާ، ކިޔަމާ’ ގެ ނަމުގައި މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ 14 އޭޕްރީލް ވީ ހޮނިހިރު ދުވަހުގެ ހަވީރު މާލޭގެ ރަސްރަނި ބަގީޗާގައެވެ.

2 ގަޑިއިރަށް ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމާގުޅޭ، ޢިބްރަތްތެރި ވާހަކަ ކުޑަކުދިންނަށް ކިޔައިދެވުނެވެ.  މި ހަރަކާތުގައި 80 އަށްވުރެ ގިނަ ކުޑަކުދިން ބައިވެރިވެފައިވެއެވެ. މި ހަރަކާތް ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×