ހިރިޔާ ސްކޫލުގެ ހެނދުނު ދަންފަޅީގެ އެސެމްބްލީގައި ނަޒާހަތްތެރިކަމާއިބެހޭ ގޮތުން އޭސީސީން މަޢުލޫމާތު ދީފި

22 Apr 2018

ހިރިޔާ ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމުގެ ސިފަތަކާބެހޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން މަޢުލޫމާތު ދީފިއެވެ. މި އެސެމްބްލީގައި ސްކޫލްގެ ހެނދުނު ދަންފަޅީގެ، ގްރޭޑް 6 ން 10 ގެ ދަރިވަރުންނާއި، މުދައްރިސުން އަދި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އާއި އެހެނިހެން މުވައްޒަފުން ބައިވެރިވިއެވެ.

މި ޙަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ 19 އޭޕްރީލް ވީ ބުރާސްފަތި ދުވަހު ހެނދުނު ސްކޫލްގެ ގޯތިތެރޭގައެވެ.

ނަޒާހަތްތެރިކަމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކުރިޔަށްގެންދެވުނު މި ޙަރަކާތުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، ކޮންމެ ކުއްޖަކީ ނަޒާހަތްތެރި ކުއްޖަކަށްވުން މުހިއްމުވަނީ ކީއްވެގެންކަމާއި، އުނގެނުމުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، އެކަމުގެ މުހިއްމުކަމާއި، އަދި ދަރިވަރުންގެ އުމުރުފުރާ އާއި ގުޅޭ މިސާލުތައް ހިމަނައިގެން ނަޒާހަތްތެރިވުމަށް ޢާއްމު ދިރިއުޅުމުގައި ވިސްނަންވީ ކަންތައްތަކާއި، ކުރެވިދާނޭ ކަންތައްތަކަށް އަލިއަޅުވާލެވުނެވެ.

މި ޙަރަކާތަކީ ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ގުޅިގެން އޭސީސީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×