ހިރިޔާ ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމާބެހޭ ގޮތުން މަޢުލޫމާތު ދީފި

23 Apr 2018

ިރިޔާ ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމުގެ ސިފަތަކާބެހޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން މަޢުލޫމާތު ދީފިއެވެ. މި އެސެމްބްލީގައި ސްކޫލްގެ މެންދުރުފަހު ދަންފަޅީގެ، ގްރޭޑް 3 އަދި 4 ގެ ގާތްގަނޑަކަށް 250 ދަރިވަރުންނާއި، މުދައްރިސުން އަދި ސްކޫލްގެ އިސްވެރިންނާ، އެހެނިހެން މުވައްޒަފުން ބައިވެރިވިއެވެ.

މި ޙަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ 22 އޭޕްރީލް ވީ އާދިއްތަ ދުވަހުގެ ހަވީރު ހިރިޔާ ސްކޫލްގެ ހޯލް ގައެވެ.

ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދެވުނު މި ޙަރަކާތުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، ކޮންމެ ކުއްޖަކީ ނަޒާހަތްތެރި ކުއްޖަކަށްވުން މުހިއްމުވަނީ ކީއްވެގެންކަމާއި، އުނގެނުމުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، އެކަމުގެ މުހިއްމުކަމާއި، އަދި ދަރިވަރުންގެ އުމުރުފުރާ އާ ގުޅޭ މިސާލުތައް ހިމަނައިގެން ނަޒާހަތްތެރިވުމަށް އާންމު ދިރިއުޅުމުގައި ވިސްނަންވީ ކަންތައްތަކާއި، ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުވާލެވުނެވެ.

މި ޙަރަކާތަކީ ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާ ގުޅިގެން އޭސީސީ އިން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި އެސެމްބްލީ ގައި ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަ ދެއްކެވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރު އާމިނަތު މިންނާ އެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×