އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން 10-11 މޭ 2017 އަށް ބޭއްވި ‘އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ’ ގެ ރަސްމީ ފޮތް އާންމުކޮށްފިއެވެ. މިފޮތް އާންމުކޮށްފައިވަނީ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން 23 އެޕްރިލް 2018 ވީ ހޯމަ ދުވަހު، ކޮމިޝަނުގައި ބޭއްވި، ދުވަހުގެ ޚާއްޞަ ޖަލްސާގައެވެ. މިފޮތް ނެރެދެއްވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.
މިފޮތުގައި އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގެ ބައިވެރިން ހުށަހެޅި ކަރުދާސްތަކާއި މަހާސިންތާގެ ހުށަހެޅުންތަކާއި މަހާސިންތާ ކުރިޔަށް ގެންދެވުނު ގޮތުގެ ތަފްސީލީ މަޢުލޫމާތު ހިމެނެއެވެ. މީގެ އިތުރުން މަހާސިންތާގެ ރަސްމީ އިޤްރާރާއި މަހާސިންތާގެ ނިންމުން ތަންފީޒުކުރުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަގުޗާޓު ހިމަނާފައިވާނެއެވެ. މިފޮތް މިހާރު އޭސީސީގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާނެއެވެ.