އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުހިންމު މަސައްކަތްތައް އާންމުންނަށް ހާސާކުރުމަށާއި، ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކޮމިޝަނުން ކޮންމެ ކުއަރޓަރއަކު ނެރޭ “ބިތުފަންގި” ބުލެޓިންގެ ވޮލިޔުމް 2 ގެ 4 ވަނަ އަދަދު ނެރެފިއެވެ. މިއަދަދު ނެރެފައިވަނީ، ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން 23 އެޕްރިލް 2018 ވީ ހޯމަ ދުވަހު، ކޮމިޝަނުގެ ކޮންފަރެންސް ހޯލުގައި ބޭއްވި، ދުވަހުގެ ޚާއްޞަ ޖަލްސާގައެވެ. ބުލެޓިންގެ މި އަދަދު ނެރެދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރ އަލްފާޟިލް ޔަޒްމީދު މުޙައްމަދެވެ.
މި ބުލެޓިންގައި، ކޮމިޝަނުން 2017 ވަނަ އަހަރުގެ ހަތަރުވަނަ ކުއަރޓަރގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ޚުލާޞާއެއް ހިމަނާފައިވެއެވެ. އަދި، މީގެ އިތުރުން، އެކުއާޓަރގެ ކޮމިޝަންގެ ތަފާސްހިސާބާއި، އޭސީސީގެ މުހިންމު ޚަބަރުތައް ހިމަނާފައިވެއެވެ. މި ބުލެޓިން ކޮމިޝަންގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައި ވާނެއެވެ.