އޭސީސީއިން ފިޔަވައްޗަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފި

02 May 2018

2018ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 28 އޭޕްރިލް ވީ ހޮނިހިރު ދުވަހު ފިޔަވައްޗަށް ކުރި ދަތުރުގައި އެތަނަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާ ކޮށްފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ އިސްނެގުމުގެ މަތީން، މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ވަނީ ފިޔަވަތީގައި ހުރި ދެ ސިންކެއް ބަދަލުކޮށްދީ އެއާއިގުޅޭ ފެންވަޔަރު އާކޮށްދީފައެވެ. އޭގެ އިތުރުން ފިޔަވައްޗަށް ބޭނުންވާ ފުށްމޮޑޭ މެޝިނެއްވެސް ވަނީ ހަދިޔާކޮށްފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×