އެންމެ ގިނައިން ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމެންޓާގުޅޭ މައްސަލަތައް

09 May 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އޭސީސީގައި އެންމެ ގިނައިން ރަޖިސްޓްރީކުރެވިފައިވަނީ ޕްރޮކިޔުމެންޓާގުޅޭ މައްސަލަތަކެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ޕްރޮކިއުމަންޓާގުޅޭ 147 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީކުރެވިފައިވާއިރު، 2017 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކުރެވިފައިވަނީ ޕްރޮކިއުމަންޓާގުޅޭ 98 މައްސަލައެވެ.

މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީކުރެވިފައިވަނީ ވަޒީފާއާގުޅޭ މައްސަލަތަކެވެ. އޭގެތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާދިނުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އަދި އުސޫލުތަކުގެ ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލަތައް ހިމެނެއެވެ. ވަޒީފާއާގުޅޭ 40 މައްސަލައެއް މިއަހަރުގެ ފުރަތަމަ 03 މަސްދުވަހުގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީކުރެވިފައިވާއިރު، 2017 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާއި ގުޅޭ 44 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީކުރެވިފައިވެއެވެ.

މީގެ އިތުރުން، މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި، ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ބިމާއި، ރަށްތަކާ ގުޅޭ ޖުމްލަ 37 މައްސަލައެއް ކޮމިޝަންގައި ރަޖިސްޓްރީކުރެވިފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 48 މައްސަލައެއް މިއަހަރުގެ ފުރަތަމަ         3 މަސްދުވަހުގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީކުރެވިފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×