ގއ.ދާންދޫ ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމާ ބެހޭގޮތުން މަޢުލޫމާތު ދީފި

13 May 2018

ގއ.ދާންދޫ ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމުގެ ސިފަތަކާބެހޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން މަޢުލޫމާތު ދީފިއެވެ. މި ޙަރަކާތް ކުރިޔަށް ގެންދިޔައީ 8 މޭ 2018 ގައި ސްކޫލުގެ ގޯތިތެރޭގައެވެ. ސްކޫލުގެ ހެނދުނު ގެ ދަންފަޅީގައި ކުރިޔަށް ގެންދިޔަ މި އެސެމްބްލީގައި، އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 10 އަކާ ދެމެދުގެ ގާތްގަނޑަކަށް 280 ދަރިވަރުންނާއި މުދައްރިސުން އަދި ސްކޫލްގެ ނާޒިރާއި، އެހެނިހެން އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދެވުނު މި ޙަރަކާތުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، ކޮންމެ ކުއްޖަކީ ނަޒާހަތްތެރި ކުއްޖަކަށްވުން މުހިއްމުވަނީ ކީއްވެގެންކަމާއި، އުނގެނުމުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، އެކަމުގެ މުހިއްމުކަމާއި، އަދި ދަރިވަރުންގެ އުމުރުފުރާ އާއި ގުޅޭ މިސާލުތައް ހިމަނައިގެން ނަޒާހަތްތެރިވުމަށް ޢާއްމު ދިރިއުޅުމުގައި ވިސްނަންވީ ކަންތައްތަކާ، ކުރެވިދާނޭ ކަންތައްތަކަށް އަލިއަޅުވާލެވުނެވެ.

މި ޙަރަކާތަކީ ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ގުޅިގެން އޭސީސީން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި އެސެމްބްލީ ގައި ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަ ދެއްކެވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކަމާ ބެހޭ ފަންނީ މުވައްޒަފެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×