ކުޑަކުދީންނަށް އަމާޒުކޮށްގެން ‘ކިޔަމާ، ކިޔަމާ’ ގެ ނަމުގައި، ނަޒާހަތްތެރިކަމާގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ވާހަކަ ކިޔައިދިނުމުގެ ޕްރޮގްރާމު އޭސީސީ އިން ކ.ހިންމަފުށީގައި ކުރިއަށް ގެންގޮސްފިއެވެ. މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 25 ޖޫން 2018 ވީ ހޯމަ ދުވަހުގެ ހެނދުނު، ކ. ހިންމަފުށީގެ ޖަފަނާ ޕާކުގައެވެ.
1 ގަޑިއިރަށް ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމާގުޅޭ، ޢިބްރަތްތެރި ވާހަކަ ކުޑަކުދިންނަށް ކިޔައިދެވުނެވެ. މި ޙަރަކާތުގައި ކ. ހިންމަފުށީ ސްކޫލްގެ ގްރޭޑް 1، 2 އަދި 3 ގެ 43 ކުދިން ބައިވެރިވެފައިވެއެވެ. މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ .