މާލިއްޔަތު ގަވައިދާ ބެހޭގޮތުން ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

10 Jul 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ހއ.ކެލާގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ‘ދައުލަތުގެ މާލިއްޔަތު ގަވައިދު’ އަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ 07 ޖުލައި 2018 ވީ ހޮނިހިރު ދުވަހު ޝެއިޚް އިބްރާހީމް ސްކޫލުގައެވެ. 6 ގަޑި އިރަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ޕްރޮކިއުމަންޓް އާ ބެހޭ ބާބަށް ބައިވެރިންވަނީ އަހުލުވެރި ކޮށްފައެވެ.

ހއ.ކެލާގެ ޖުމްލަ 5 މުއައްސަސާއަކުން 16 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި، ކައުންސިލްތަކާއި، ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުސަތުގައި ހއ.ކެލާ ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީ އިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×