ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމާބެހޭ ގޮތުން އޭސީސީ އިން މަޢުލޫމާތު ދީފި

23 Jul 2018

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމުގެ ސިފަތަކާބެހޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން މަޢުލޫމާތު ދީފިއެވެ. މި އެސެމްބްލީގައި ސްކޫލްގެ ގްރޭޑް 1 ން 10 ގެ ދަރިވަރުންނާއި، ސްކޫލްގެ ނާޒިރާއި، ސްކޫލްގެ މެނޭޖްމަންޓް އަދި ހުރިހާ މުދައްރިސުން ބައިވެރިވިއެވެ.

މި ޙަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ 16 ޖުލައި ވީ ހޯމަ ދުވަހުގެ ހެނދުނު ސްކޫލްގެ ގޯތިތެރޭގައެވެ.

ނަޒާހަތްތެރިކަމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކުރިޔަށްގެންދެވުނު މި ޙަރަކާތުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، ކޮންމެ ކުއްޖަކީ ނަޒާހަތްތެރި ކުއްޖަކަށްވުން މުހިއްމުވަނީ ކީއްވެގެންކަމާއި، އުނގެނުމުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، އެކަމުގެ މުހިއްމުކަމާއި، އަދި ދަރިވަރުންގެ އުމުރުފުރާ އާއި ގުޅޭ މިސާލުތައް ހިމަނައިގެން ނަޒާހަތްތެރިވުމަށް އާންމު ދިރިއުޅުމުގައި ވިސްނަންވީ ކަންތައްތަކާއި، ކުރެވިދާނޭ ކަންތައްތަކަށް އަލިއަޅުވާލެވުނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ކައުންސިލްތަކާއި ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުޞަތުގައި ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްނެގުމުގެ މަތިން އޭސީސީން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×