ސީނިއަރ އެގްޒެކެޓިވް ސެޓްފިކެޓް ކޯސް ފޯ ސްޓްރެޓެޖިކް މެނޭޖްމަންޓް އޮފް އެންޓި-ކޮރަޕްޝަން ޕްރޮގްރާމްގައި އޭސީސީއިން ބައިވެރިވެއްޖެ

13 Aug 2018

މެލޭޝިއާ އެންޓި-ކޮރަޕްޝަން އެކަޑެމީ (މާކާ) އިން މި އޯގަސްޓް މަހުގެ 13 ން 17 އަށް މެލޭޝިއާގައި ކުރިގެންދާ “ސީނިއަރ އެގްޒެކެޓިވްސް ސެޓްފިކެޓް ކޯސް ފޯ ސްޓްރެޓެޖިކް މެނޭޖްމަންޓް އޮފް އެންޓި-ކޮރަޕްޝަން ޕްރޮގްރާމް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ބައިވެރި ވެއްޖެއެވެ. މި ޓްރޭނިންގ ޕްރޮގްރާމުގައި އޭސީސީގެ ފަރާތުން ބައިވެރިވެފައިވަނީ ކޮމިޝަންގެ މެމްބަރު، އަލްފާޟިލް ޞަފްވަތު މުޙައްމަދު އެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މަތީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ސްޓްރެޓެޖިކު ގޮތެއްގައި މެނޭޖްކުރުމަށް ބޭނުންވާ ފަންނީ އަދި ޢިލްމީ ޤާބިލްކަން އިތުރުކުރުމާއި، އެކި ޤައުމުތަކުގެ ތަޖުރިބާ ޙިއްޞާކުރުން ހިމެނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×