ގޯތި ގެދޮރުގެ ރެޖިސްޓްރީ ކުރުމާބެހޭ ނިޒާމުގެ މަސައްކަތް ރޭވިފައިވާ ގޮތުގެ އެސެސްމަންޓް

16 Jan 2018

ދިވެހިރާއްޖޭގައި ގޯތި ގެދޮރުގެ ރެޖިސްޓްރީ ކުރުމާބެހޭ ނިޒާމުގެ މަސައްކަތް ރޭވިފައިވާ ގޮތުގެ އެސެސްމަންޓަކީ 2018ގައި ކޮމިޝަނުން ފަށާފައިވާ، ކޮރަޕްޝަން ރިސްކް އެސެސްކުރެވޭ ދިރާސާއެކެވެ. މި ދިރާސާގެ މަޤްޞަދަކީ ގޯތިގެދޮރު ރަޖިސްޓްރީ ކުރުމާބެހޭ ކަންކަން ކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކަކީ ކޮބައިކަން ދެނެގަނެ، މިގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތް ހިނގާކަން ކަށަވަރު ކުރުމާއި، އެ އުސޫލުތަކަކީ ތެދުވެރިކަމާއި އަމާނަތްތެރިކަން ކުރިއަރާނެ ގޮތަކަށް ބައްޓަން ކުރެވިފައިވާ އުޞޫލުތަކެއްކަން ކަށަވަރު ކުރުމެވެ. ދިރާސާގެ ބޭނުމަށް މަޢުލޫމާތުހޯދުމުގެ ގޮތުން ކަމާގުޅޭ އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައްދަނީ ބޭއްވަމުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×