އޭސީސީގެ އެންގުންތަކަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ބެލުމާގުޅޭ ދިރާސާ

16 Aug 2018

އޭސީސީގެ އެންގުންތަކަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ބެލުމާގުޅޭ ދިރާސާއަކީ 2018ގައި ކޮމިޝަނުން ފަށައިފައިވާ ދިރާސާއެކެވެ. މި ދިރާސާގެ މަޤްޞަދަކީ ކޮމިޝަނުން އިދާރާތަކަށް އަންގާއެންގުންތައް އެންގުމުގައި ކޮމިޝަނުން ޢަމަލުކުރާގޮތް ދެނެގަނެ ވަކި މުއްދަތެއްގެ ތެރޭގައި އިޞްލާޙުކުރުމަށް އިދާރާތަކަށް އަންގާފައިވާ އެންގުންތަކަށް ޢަމަލުކޮށްފައިވާ މިންވަރު ބެލުމާއި ދައުލަތުގެ އިދާރާތަކަށް އަންގާއެންގުންތައް ތަންފީޒުކުރާ މިންވަރު ދެނެގަތުމާއި އިދާރާތަކަށް އަންގާއެންގުންތައް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ދިރާސީ ނަޒަރުން ދެނެގަނެ އަކަންކަން އިތުރަށް ޙައްލު ކުރެވޭނެ ގޮތްތަކެއް ޢިލްމީ ނަޒަރުން ހޯދުމެވެ. ދިރާސާގެ ބޭނުމަށް މަޢުލޫމާތުހޯދުމުގެ ގޮތުން ކަމާގުޅޭ އިދާރާތަކުގައި ފޯކަލްޕޮއިންޓުން ޤާއިމުކުރެވިފައިވެއެވެ. އަދި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×