ލ.މާވަށު ރައްޔިތުންގެ ތެޔޮފިހާރައިގެ ފައިސާއާ ޙަވާލުވުމަށްފަހު، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާޢިޒު ފައިދާ ހޯދާފައިވާތީއާއި، ރައްޔިތުންނަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާތީ، ލ.މާވަށު ރައްޔިތުންގެ ފިހާރައިގެ ސޭޓަކަށް ކުރިންހުރި މުޙައްމަދު ނަޢީމްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި.

13 Feb 2013

ލ.މާވަށު ރައްޔިތުންގެ ތެޔޮފިހާރައިގެ ސޭޓަކަށް ހުރި މުޙައްމަދު ނަޢީމް ތެޔޮފިހާރައިގެ ފައިސާއާ ޙަވާލުވުމަށްފަހު އެފައިސާއަށް އިހުމާލުވެފައިވާކަމަށްބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު؛

ލ.މާވަށު ރައްޔިތުންގެ ތެޔޮފިހާރައަށް ލިބޭފައިސާ ރަށުއޮފީހާ ޙަވާލުކުރަނީ “ލިބޭ ފައިސާ އޮފީހާ ހަވާލުކުރާ” ފޮތުގައި ލިޔެފައި ކަމަށްވެފައި، ތެޔޮފިހާރައިން ހަދާފައިވާ ބިލްތަކުގެ ތެރެއިން ފައިސާ ލިބުނުކަމުގެ ތައްގަނޑު ޖަހައި ފައިސާ ބަލައިގަތުމަށްފަހު އެފައިސާ މާވަށު ކައުންސިލްގެ އިދާރާއަށް ޙަވާލުކޮށްފައިނުވާ 10 ބިލުގައިވާ ފައިސާ ޙަވާލުކުރުމަށް “ލިބޭ ފައިސާ އޮފީހާ ހަވާލުކުރާ” ފޮތުގައި ލިޔެފައި ނުވާތީއާއި، ފައިސާ ލިބުނުކަމުގެ ތައްގަނޑު ޖަހައި ފައިސާ ބަލައިގަތުމަށްފަހު އެފައިސާ މާވަށު ކައުންސިލްގެ އިދާރާއަށް ޙަވާލުކޮށްފައިނުވާ ބިލުތަކުގެ ކަސްޓަމަރ ކޮޕީ ހޯދުމުން، އެބިލްތަކުގައި ފައިސާ ލިބުނުކަމަށް މުޙައްމަދު ނަޢީމު ސޮއިކޮށްފައިވާކަން އެނގޭތީއާއި، އެދުވަސްވަރު ތެޔޮފިހާރައާ ޙަވާލުވެ ހުރީ މުޙައްމަދު ނަޢީމު ކަމާއި އެތަނަށް ލިބޭ ހުރިހާ ފައިސާއަކާވެސް ޙަވާލުވަނީ އޭނާކަން ތެޔޮފިހާރައިގެ ލިޔުންތަކުން އެނގޭތީ، ކަސްޓަމަރ ކޮޕީ ލިބިފައިނުވާ ބިލްތަކުގެ ފައިސާއާވެސް ޙަވާލުވެފައިވާނީ މުޙައްމަދު ނަޢީމުކަމަށް ޔަޤީންކުރެވޭތީއާއި، ފައިސާ ލިބުނުކަމުގެ ތައްގަނޑު ޖަހައި ފައިސާ ބަލައިގަތުމަށްފަހު އެފައިސާ މާވަށު ކައުންސިލްގެ އިދާރާއަށް ޙަވާލުކޮށްފައިނުވާ 10 ބިލަށް ލިބިފައިވާ ޖުމްލަ 76,327.00 (ހަތްދިހަހަހާސް ތިންސަތޭކަ ހަތާވީސް) ރުފިޔާ ލ.މާވަށު ކައުންސިލްގެ އިދާރާއާ ހަވާލުކުރިކަން އެނގެން ނެތުމުން، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން ލ.މާވަށު/އިތާ މުޙައްމަދު ނަޢީމް ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދަޢުވާކުރުމަށާއި، މިފައިސާއަކީ ލ.މާވަށު ރައްޔިތުންނަށް ލިބެންޖެހޭ ފައިސާއަކަށްވާތީ، ލ.މާވަށު/އިތާ މުޙައްމަދު ނަޢީމްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންނަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއާއި، މިފައިސާ އަނބުރާ ހޯދުމުގެ ދަޢުވާކުރުމަށް 02 ޖެނުއަރީ 2013 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×