މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ގޮތުގައި ފައިދާއެއް ހޯދައިދީފައިވާތީ، މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަންގެ ޑިރެކްޓަރ އިސްމާޢީލް ޙަމްދޫންގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

13 Feb 2013

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން 2009 ވަނަ އަހަރު ޖުލައި މަހު އެއްވެސް އިޢްލާނެއްނުކޮށް 57,000.00 (ފަންސާސް ހަތްހާސް) ރުފިޔާގެ ޝީލްޑްތައް ހައްދާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ، މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު؛
2009 ވަނަ އަހަރު މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަފްލާގައި، ކަސްޓަމްސްގެ މުވައްޒަފުންގެ ތެރެއިން އެކި ދާއިރާތަކުން ފާހަގަކުރެވޭ މުވައްޒަފުންނަށް އެވޯޑް ދިނުމަށްޓަކައި ބޭނުންވާ އެވޯޑްތައް، އިޢުލާނުކުރުމެއްނެތި، ވަކިބަޔަކާ ޙަވާލުކޮށްގެން ކުރުވާފައިވާކަމާއި، މި ގޮތުން ހެދުނު އެ ވޯޑްތަކުގެ ޖުމުލަ އަގު 25,000/- ރުފިޔާއަށް ވުރެ ބޮޑުކަން ލިޔެކިޔުންތަކުން އެނގޭތީއާއި، އިޢުލާނުކޮށްގެން އަންދާސީ ހިސާބު ހޯދުމަކާއި ނުލައި، އެވޯޑްތައް ގަނެފައި އެވަނީ، އެގޮތަށް އެމަސައްކަތް ނުކުރެވޭނެކަމަށް ކަސްޓަމްސްގެ ޓެންޑަރ ކޮމެޓީން ނިންމާފައިވަނިކޮށް ކަމަށްވުމާއި، މިކަން ކުރުމުގެ ހުއްދަ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަންގެ ޑިރެކްޓަރ ހ.ސިތާރާވާދީ/މާލެ، އިސްމާޢީލް ޙަމްދޫން ދީފައިވަނީ، އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަމަށް ތަހުޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން ހ.ސިތާރާވާދީ/މާލެ، އިސްމާޢީލް ޙަމްދޫންގެ މައްޗަށް ދަޢުވާކުރުމަށް 02 ޖެނުއަރީ 2013 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×