ފައިނޭންޝަލް އިންވެސްޓިގޭޝަން އެންޑް ލިންކްސް ޓު މަނީ ލޯންޑްރިންގއާބެހޭ ވަރކްޝޮޕް ގައި އޭސީސީއިން ބައިވެރިވެއްޖެ.

27 Aug 2018

ސައުތު އޭޝިއާގެ ގައުމުތަކުގެ ތަޙްޤީޤު ކުރާ އިދާރާތަކާއި އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި މަނީލޯންޑްރިންގ ޢަމަލުތައް ހުއްޓުވުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކަށް އަމާޒްކޮށްގެން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ( ޔޫއެންއޯޑީސީ) އިން 22 އޮގަސްޓް 2018 ން 24 އޮގަސްޓް 2018 އަށް ކުރިއަށްގެންދިޔަ ރީޖަނަލް ވޯކްޝޮޕް، “ފައިނޭންޝަލް އިންވެސްޓިގޭޝަން އެންޑް ލިންކްސް ޓު މަނީ ލޯންޑްރިންގް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ބައިވެރިވެއްޖެއެވެ. އޭސީސީގެ ފަރާތުން މި ވަރކްޝޮޕްގައި ބައިވެރިވެފައިވަނީ އިންވެސްޓިގޭޝަން އޮފިސަރުން ކަމުގައިވާ ޝިފްޒާ މުޙައްމަދު އާއި ފާތިމަތު މާޝާ ޢަލީ އަދި މަރިޔަމް އަފްރާޙް މޫސާ އާއި އަޢިޝަތު މަލީޙާ ޒަމީލް އެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ފައިނޭންޝިއަލް ޓްރާންސެކްޝަންތަކުގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރާ އިންވެސްޓިގޭޓަރުންނާއި ޕްރޮސިކިއުޓަރުންނަށް ކަމާގުޅޭ ޚާއްޞަ ހުނަރުތައް ދަސްކޮށްދީ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ހަރުދަނާކޮށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޢުލޫމާތާއި، ބޭނުން ކުރާނެ އުކުޅުތަކާއި އަދި ފައިނޭންޝިއަލް ޓްރާންސެކްޝަން ތަކުގައި ހުންނަ މައްސަލަތައް ދެނެގަންނާނެގޮތްތައް ބައިވެރިންނަށް އޮޅުން ފިލުވައިދިނުމެވެ.

ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށް ގެންދެވުނު މި ވޯކްޝޮޕްގައި އެސީސީގެ އިތުރުން ދައުލަތުގެ އެހެންބައެއް އިދާރާތަކުންވެސް ވަނީ ބައިވެރިވެފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×